ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަންގެ ޓީމު އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމު ލޯ މެޑަލް ހޯދައިފި އެވެ.

ޓީމު އިވެންޓުގައި އިއްޔެ ފިރިހެން ޓީމު ރީޔޫނިއަން އާއި މޮރިޝަސް އަތުން ބަލިވި ނަމަވެސް، މިއަދު ވަނީ މަޑަގަސްކަރަ އަދި ސީޝެލްސް އަތުން މޮޅުވެފައެވެ.

މިއަދު މަޑަގަސްކަރަ އަތުން ފިރިހެން ޓީމު މޮޅުވީ 4-1 އިންނެވެ. ސިންގަލްސް ބައިގައި ކުޅުނު ތިން މެޗުވެސް ރާއްޖެއިން ވަނީ ކާމިޔާބު ކޮށްފައެވެ.

އެގޮތުން ފުރަތަމަ މެޗުގައި އަޖުފާން ވަނީ 2-0 އިން މޮޅުވެފައެވެ. މިމެޗު އަޖުފާން ގެންދިޔައީ 21-8 އަދި 21-12 އިންނެވެ. ދެވަނަ މެޗުން ނިބާލް މޮޅުވީ 2-1 އިންނެވެ. މިމެޗު ދިޔައީ 21-16، 19-21 އަދި 21-17 އިންނެވެ. ތިންވަނަ މެޗުން ނަޝީއު މޮޅުވީ 21-16 އަދި 21-10 އިންނެވެ.

މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު ޑަބަލްސް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން ރާއްޖޭގެ ސާމިއު އާއި އަޖުފާންގެ ޕެއާ މޮޅުވީ 2-0 އިންނެވެ. މިމެޗު ދިޔައީ 21-14 އަދި 21-14 އިންނެވެ. އެކަމަކު ޑަބަލްސް އިވެންޓުގެ ފަހު މެޗުން ރާއްޖޭގެ ނަޝީއު އާއި ނަޝްފާން ވަނީ 2-0 އިން ބަލިވެފައެވެ.

ސީޝެލްސް އަތުން ރާއްޖެ މޮޅުވީ 4-1 އިންނެވެ. ސިންގަލްސް ބައިގައި ކުޅުނު ތިން މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ ދެ މެޗުންނެވެ.

އެގޮތުން އަޖުފާން ކުޅުނު ފުރަތަމަ މެޗުން އޭނާ ވަނީ 2-0 އިން ބަލިވެފައެވެ. އެކަމަކު ދެވަނަ މެޗު ނިބާލް ވަނީ 2-0 އިން ކާމިޔާބުކޮށްފައެވެ. މިމެޗު އޭނާ ގެންދިޔައީ 21-16 އަދި 21-17 އިންނެވެ. ސިންގަލްސްގެ ތިންވަނަ މެޗުގައި ރާއްޖޭގެ ޝަރަފުއްދީން ވަނީ 2-1 އިން މޮޅުވެފައެވެ. މި މެޗު ދިޔައީ 21-17، 13-21 އަދި 25-13 އިންނެވެ.

ސީޝެލްސްއާ ދެކޮޅަށް ކުޅުނު ޑަބަލްސް އިވެންޓުގެ ފުރަތަމަ މެޗުން ރާއްޖޭގެ ސާމިއު އާއި ނަޝްފާން ވަނީ 2-1 އިން މޮޅުވެފައެވެ. މިމެޗު ދިޔައީ 27-25، 21-14 އަދި 21- 12 އިންނެވެ. މި އިވެންޓުގެ ދެވަނަ މެޗުން ރާއްޖޭގެ އަޖުފާން އާއި ޝަރަފުއްދީން ވަނީ 21-16 އަދި 21-19 އިން މޮޅުވެފައެވެ.

ބެޑްމިންޓަންގެ ޓީމު އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމު ލޯ މެޑަލް ހޯދިއިރު، އަންހެން ޓީމު މިއަދު ވަނީ ވަނީ މަޑަގަސްކަރަ އަތުން 5-0 އިން މޮޅުވެފައެވެ. އަދި އިއްޔެ މޮރީޝަސްއާ ބައްދަލުކުރި މެޗު ރާއްޖޭގެ ޓީމުން ވަނީ 3-2 އިން ކާމިޔާބުކޮށްފައެވެ.