މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެނުންގެ ޓޭބަލް ޓެނިހުން ދިވެހި ޓީމު ރަންމެޑަލް ކާމިޔާބު ކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

މޮރިޝަންސްގައި ހުންނަވާ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޭބަލް ޓެނިސް ޓީމަށް މަރުހަބާ ދަންނަވާ ރައީސް ވިދާޅުވީ، އެ ޓީމުން މުޅި ރާއްޖެ ފަޙުރުވެރިކޮށްލައި ޤައުމަށް އުފާވެރިކަން ގެނެސްދީފި ކަމަށެވެ.

އައިއޯއިޖީ ބާއްވާ ޤައުމު އަދި އެންމެ ފަހުގެ ޗެމްޕިއަންކަމަށްވާ މޮރިޝަސް ބަލިކުރީ 3 ގޭމް 2 ގޭމުންނެވެ. މިއީ ދިވެހި ޤައުމީ އަންހެން ޓީޓީ ޓީމު ފައިނަލެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މި ފަހަރުގެ ގޭމްސްގައި ދިވެހި ޓީމެއް ގޯލްޑް މެޑަލެއް ހޯދި ފުރަތަމަ ފަހަރެވެ.