މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ވިއްކާ ނުލައި ކުލަބުގައި ބަހައްޓަން ކިތަންމެހާ ވެސް ބޭނުން ކަމަށް ކޯޗް އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޔުނައިޓެޑުގެ ކޯޗް ސޯލްޝެއާ މިހެން ބުނީ، ލުކާކޫ ހޯދަން ކުރަމުން އަންނަ މަސައްކަތް އިންޓަ މިލާނުން ހުއްޓާނުލާނެ ކަމަށް މީޑިއާގައި އަޑު ގަދަވުމައި ގުޅިގެން އިނގިރޭސި ބައެއް ނޫސްތަކަށް ދިންއިޓަވިއުގައެވެ.

ކޯޗް ސޯލްޝެއާ ބުނީ، ވޭތުވެ ދިޔަ ސީޒަނުގައި ލުކާކޫގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް އޭނާ ވަނީ ޔުނައިޓެޑަށް މުހިއްމު ގޯލުތަކެއް ޖަހައިދީފައި ކަމަށެވެ، އަދި އޭނާ އެ ކުލަބުގައި ބަހައްޓަން ބޭނުންވާ ކަމަށާއި އޭނާ އެހެން ކުލަބަކަށް ދާން ބޭނުންވާ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ އަޑުއިވިފައި ކަމަށް ވެސް ކޯޗް ސޯލްޝެއާ ބުންޏެވެ.