މީގެ ފަންސާސް އަހަރު ކުރިން 52 ފަޅުވެރިންނާއެކު ގެއްލުނު ފަރަންސޭސި ސަބްމެރީން ހޯދިއްޖެ ކަމަށް ފަރަންސޭސި ސަރުކާރުން ބުނެފިއެވެ.

ލަ މިނާވީ ނަމަކަށް ކިޔުނު ސަބްމެރީން ފެނުނީ ފަރަންސޭސި ސަހަރެއްކަމަށްވާ ޓާލުންގެ އައްސޭރިއާ ދާދިގާތުން މެދުތެރޭކަނޑުގެ އަޑިންނެވެ.

ފަރަންސޭސި ދިފާއީ ވަޒީރު ފްލޮރެންސް ޕާރލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގެއްލިފައިވާ ސަބްމެރީން ހޯދުމުގެ ބައިގަރުނުވީ އިންތިޒާރު ނިމުމަކަށް އައީ ކަމުގައެވެ. މިއީ ފަންނީގޮތުންވެސް މިޒާތުގެ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެެއްކަމަށާއި ކާމިޔާބީއެއް ކަމަށްވެސް އޭނާ ސިފަ ކުރެެއްވިއެވެ. އޭނާގެ ހެޔޮއެދުމާއި ދެނެގަތުން ވަނީ މަރުވެފައިވާ ފަޅުވެރިންގެ އާއިލާތަކާއެކު ކަމަށްވެސް ވިދާޅުވެފައިވެއެވެ.