ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒްގެ އަލަތު ޑައިރެކްޝަން ކަމަށްވާ "ލީނާ"ގެ ޝޯތައް މިހާރު އޮލިންޕަހުގައި ދަނީ ދައްކަމުންނެވެ. 2016ވަނަ އަހަރު ޑްރާމާ ސިލްސިލާއެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދިނުމަށް މުއާ މަސައްކަތްކުރި "ލީނާ" މިމަހުގެ 23ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިންޕަހުގައި ދައްކަމުންދާއިރު، މިހާތަނަށް ފިލްމު ބެލި ގިނަ ބެލުންތެރިން ވަނީ ފިލްމާއި މެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ރާއްޖޭގައި ހިނގި މަރުގެ ހާދިސާއަކުން އިންސްޕަޔާވެގެން ތައްޔާރުކުރި "ލީނީ"އާއިމެދު ޝުއޫރުފާޅުކުރި ގިނަ ބެލުންތެރިން ބުނީ މިއީ ރީތި ފިލްމެއްކަމަށެވެ. ވަކިން ޚާއްސަކޮށް ފިލްމުގެ ސްކްރީންޕްލޭގެ މޮޅުކަން ބެލުންތެރިން ފާހަގަކުރެއެވެ. އަދި އެކްޓަރުންގެ ފަރާތުން ފެނުނު މޮޅު އެކްޓިންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މުއާގެ ޑައިރެކްޝަނަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑެވެ.

އަދި މިހާތަނަށް ފިލްމު ބެލި ބެލުންތެރިން ވަނީ "ލީނާ"އާ މެދު ޝައްކެއްގެ މަތީގައި ނުތިބެ، ފިލްމު ބެލުމަށްފަހު ފާޑުކިޔުމަށްވެސް އެދިފައެވެ.