ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒްގެ އަލަތު ޑައިރެކްޝަން ކަމަށްވާ "ލީނާ"ގެ ޝޯތައް ހައުސްފުލް ޝޯތައް އޮލިންޕަހުގައި ދަނީ ދައްކަމުންނެވެ. 2016ވަނަ އަހަރު ޑްރާމާ ސިލްސިލާއެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދިނުމަށް މުއާ މަސައްކަތްކުރި "ލީނާ" މިމަހުގެ 23ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިންޕަހުގައި ދައްކަމުންދާއިރު، މިހާތަނަށް ފިލްމު ބެލި ގިނަ ބެލުންތެރިން ވަނީ ފިލްމާއި މެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ރާއްޖޭގައި ހިނގި މަރުގެ ހާދިސާއަކުން އިންސްޕަޔާވެގެން ތައްޔާރުކުރި "ލީނީ"އާއިމެދު ޝުއޫރުފާޅުކުރި ގިނަ ބެލުންތެރިން ބުނީ މިއީ ރީތި ފިލްމެއްކަމަށެވެ.

"ލީނާ"އަށް ބެލުންތެރިންގެ ތައުރީފު އޮހެމުންދާއިރު، ފިލްމުގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން އައު ޓްރެއިލާއެއް މިހާރު ވަނީ ނެރެފައެވެ. ޓްރެއިލާގައި "ލީނާ"ގައި ހިމެނޭ ރަހަތައް ވަރަށް ރަނގަޅަށް ބުނެދެއެވެ. އެގޮތުން ލޯތްބާއި، އޯގާތެރިކަން، އަނިޔާވެރިކަމާއި، ރަހުމްކުޑަކަން، އުފާވެރިކަމާއި، މަޖާކަންވެސް ޓްރެއިލާއިން ބުނެދެއެވެ. މިއީ އެހާވެސް ރަހަ ހެޔޮވަރު މޮޅު ފިލްމެކެވެ.

ތިރީގައި މިވަނީ "ލީނާ"ގެ އައު ޓްރެއިލާއެވެ. އިންސާފުކޮށްލާށެވެ.