ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ފިލައިގެންދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިވަނީ ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ހައްޔަރު ކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ޑރ ޖަމީލް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި ސަރުކާރުގެ އިހްލާސްތެރިކަން އޮތް މިންވަރު އެނގޭނީ ތުހުމަތުކުރެވޭ ބޮޑުންނާ މެދު އަމަލުކުރާ ގޮތުންކަމަށެވެ. އަދި އަދީބް ފިލައިގެން ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ސަރުކާރުން ބޭނުންވާ މީހުންގެ މައްސަލަތައް އަވަސްކުރެވޭއިރު މި މައްސަލަ ތަފާތުވަނީ ކީއްވެގެންތޯވެސް ސުވާލުކުރައްވާފައެވެ.