އިންޑިއާގެ ދެކުނުގެ ރަށެއް ކަމަށްވާ ޗެންނާނީއަށް ނިސްބަތްވާ އުމުރުން ހަތް އަހަރުގެ މި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ކެތް ނުވާ ވަރަށް ދަތްދޮޅިއާއި ދަތްތަކުގައި ރިއްސާތީ އެވެ.

އޭނާ އެޑްމިޓް ކުރީ ދަތްދޮޅީގައި ރިއްސާ، އެ ހިސާބު ދުޅަވުމުުގެ ސަބަބުން އޮޕަރޭޝަނެއް ކުރާށެވެ. އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ހެދި އެކްސް-ރޭ ތަކުން ޑޮކްޓަރުންނަށް ލިބުނީ ސިހުމާއި ހައިރާން ކަމެވެ.

މި ކުއްޖާގެ ތިރީ ދަތްޕިލައިގެ ދިމާލުން ދަތްދޮޅީގެ ކަށިގަނޑުގެ ތެރެއިން ޑޮކްޓަރުންނަށް ފެނުނީ ގިނަ އަދަދެއްގެ ދަތްތަކެކެވެ. އަދަދަކީ 526 އެވެ. އެކި ސައިޒުގެ ދަތެވެ. 0.1 މިލިމީޓަރުން ފެށިގެން 15 މިލިމީޓަރާއި ދެމެދުގެ ބޮޑުމިނުގެ ދަތްތަކެކެވެ. ހުރިހާ ދަތެއްވެސް ހުރީ ފުރިހަމަ ކޮށެވެ. މާނައަކީ ދަތެއްގައި ހުންނަ ހުރިހާ ސިފައެއް ފުރިހަމަކޮށް ހުރުމެވެ.

މި ކުއްޖާގެ އަނގައިގައި ހެދިފައިވާ އިތުރު ދަތްތައް ނެގުމަށް އޮޕަރޭޝަން ކޮށްފައިވަނީ ސަވީތާ ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލުގަ އެވެ. މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވީ ޑރ ޕީ. ސެންތިލްނޭތަން އަދި ޑރ ޕްރަތީބާ ރާމާނީ އެވެ.

އޭނާ ބުނީ ހުރިހާ ދަތެއް ނަގައި، ކޮންމެ ދަތެއް ވަކިވަކިން ތަހުލީލު ކުރި ކަމަށެވެ. މި ދަތްތައް ބަލައި ފާސްކުރުމަށް 5 ގަޑިއިރު ހޭދަވި ކަމަށް އޭނާ ބުންޏެވެ.