އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް އަަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 67 އ. ގަައި ޝުސްމާ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިވަޑައިގެން ހޮސްޕިޓަލަށް ގެންދެވި ފަރުވާދެމުން ގެންދަވަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

އިންޑިއާގެ ބީޖޭޕީ ޕާޓީގެ އިސްލީޑަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ސުޝްމާ ހޮސްޕިޓަލަށް ގެންދެވީ ހާޓްއެޓޭކެއް ޖެހިވަޑައިގެން ހޮސްޕިޓަލަށް ގެންދެވި އިމަރޖެންސީގައި ފަރުވާދެމުން ގެންދަވަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސުޝްމާގެ ސިޔާސީ ހަޔާތަށް ބަލާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އެގައުމުގެ ޚާރިޖީ ވަޒީރުކަން ކުރައްވާފައިވެއެއެވެ. އަދި އެކަމަނާ އަކީ އިންޑިއާގެ ސިޔާސީ ހަަޔާތުގައި ގިނަ ކާމިޔާތަކެއް ހޯއްދަވާފައިވާ ކާމިޔާބު ސިޔާސީ ޝަހުސިއްޔަތެކެވެ.

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ވަނީ، ހުސްވި މާރޗް މަހުގެ ތެރޭގައި ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކުރައްވާފައެވެ.