ޓެކްސީ ދަތުރުތައް ކުރާނެ ވަކި އަގެއް ކަނޑައަޅައި މިއަދުން ފެށިގެން އަމަލުކުރަން އަންގާފައި ވަނިކޮށް، ދަތުރުތައް ހުއްޓާލައި ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކޮށްފިއެވެ.

ޓްކްސީ ޚިދުމަތްދޭ ކާރުތަކުގެ ބައެއް ޑްރައިވަރުން އިހުތިޖާޖު ކޮށްފައި ވަނީ، މިރޭ އިރުއޮއްސުނު ވަގުތުން ފެށިގެން ގާތްގަނޑަކަށް މިރޭ 20:30 ގެ ނިޔަލަށެވެ.

އެގޮތުން 78 ވަރަކަށް ޓެކްސީ ވަނީ މިރޭ ދަތުރުތައް ހުއްޓާލައި އިހުތިޖާޖު ކޮށްފައެވެ. އަދި ދަތުރުތައް ހުއްޓާލުމަށްފަހު ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރު ކައިރީގައި އޮންނަ ހުސްބިމުގައި ގިނަ އަދަދެއްގެ ޑްރައިވަރުން ޓެކްސީތައް ޕާކުކޮށް ދަތުރުތައް މެދުކަނޑާލިއެވެ.

މާލެ ސަރަހައްދުގައި ކުރިން ޓެކްސީ ކުރަމުން އައި އަގަށް ބަދަލުގެނެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވަކި އަގުތަކެއް ކަނޑައަޅައި މިއަދުން ފެށިގެން އަމަލުކުރަން އަންގާފައެވެ.

އެގޮތުން ޓެކްސީ މީޓަރާއެކު ދަތުރުތަކުގެ އަގަށް ގެނައި ބަދަލުގެ ތެރޭގައި ހިމެނެނީ:

- މާލެ- ހުޅުލެ އަދި ހުޅުލެ- މާލެ: ދަތުރެއްގެ އަގު 60ރ.

- ހުޅުމާލެ- ހުޅުލެ އަދި ހުޅުލެ- ހުޅުމާލެ: ދަތުރެއްގެ އަގު 60ރ.

- މާލެ- ހުޅުމާލެ އަދި ހުޅުމާލެ- މާލެ: ދަތުރެއްގެ އަގު 75ރ އެވެ.