އީދު ބަންދާ ދިމާކޮށް މާލެއާއި، ހުޅުމާލެއާއި އަދި ހުޅުލެއާއި ދެމެދު އެމްޕީއެލް އާއި އެމްޓީސީސީއިން ކުރާ ބަސް ދަތުރުތައް އިތުރު ކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިހާރު ކޮންމެ އެއް ގަޑިއިރަކުން މާލެ އާއި ހުޅުލެ އާއި ދެމެދު އެމްޕީއެލް އިން ދޭ ބަހުގެ ހިމުމަތް، ޗުއްޓީއާ ދިމާކޮށް ކޮންމެ 30 މިނެޓަކުން ދޭނެ ކަމަށެވެ.

މީގެ އިތުރުން މާލޭގެ ތިން ބަސް ސްޓޮޕަށް ވެސް އެއާޕޯޓު ބަސް މަޑުކޮށް ދާގީނާ އާއި ފަސިންޖަރުން އަރުވާނެ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.