މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ ޔޫތު ކޮންގްރެސް މިމަހު ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ، ޔޫތު ކޮންގްރެސް އޮންނާނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހު ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ކަމަށެވެ.

މި ކޮންގްރެސްގައި ޕާޓީގެ ޔޫތު ވިންގުގެ އަސާސީ ގަވައިދު ފާސްކުރުމާއި، ޔޫތު ވިންގުގެ ލޯގޯ ފާސްކުރުމުގެ އިތުރުން ކުރިއަށް އޮތް ތިން އަހަރު ޔޫތު ވިންގުން މަސައްކަތް ކުރާނެ ގޮތުގެ ތަސައްވުރެއް އެކުލަވާލުމަށް ވަނީ ހަަމޖެހިފައި ކަމަށް މީކާއީލް ވިދާޅުވި އެވެ.