ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 2.5 މިލިއަން ޔޫރޯ ނުވަތަ 43.4 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އީޔޫގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ ފްޑެރިކާ މޮގުރީނީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވަމުނެވެ. ފްރެޑިރީކާ ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތާއް އިސްކަން ދޭ ފަދައިން ޓެރަރިޒަމްއަކީ ވެސް ވަރަށް ސީރިޔަސްކޮށް ނަގަން ޖެހޭ މައްސަލައެއް ކަމުގައެވެ. އަދި އެކަން ހައްލު ކުރުމަށް އީޔޫއިން އަބަދުވެސް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް އެކަމަނާ ވިދާޅުވި އެވެ. ޓެރަރިޒަމަކީ ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރުމަށް އީޔޫއިން އަބަދުވެސް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރު ކަމަށް އެކަމަނާ ވިދާޅުވިއެވެ. އިންޑިއާގެ ކަނޑުގެ ސަލާމަތް ހޯދުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ޓެރަރިސްޓު ހަމަލާތަކާއި ހައްދުފަހަނާޅައި ދިއުން ހުއްޓުވުމުގެ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ތައްޔާރަށް ހުންނެވި ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމުގައެވެ.

" ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީއެއްގެ ގޮތުން 2.5 މިލިއަން ޔޫރޯ ގެ އެހީ ދިނުމަށް ނިންމާފައިވާކަން މިއަދު އިއުލާނު ކުރަން. ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އީޔޫގެ އެހީތެރިކަން ލިބިގެންދާނެ." މުގުރިނީ ވިދާޅުވި އެވެ.