އެމްއެމްޕީއާރުސީން ސިލްސިލާކޮށް ކުރިއަށްގެންދާ "ޖާރނީ ޓު ދަ ސަނީ ސައިޑް" ރޯޑްޝޯވ ދެކުނު ކޮރެއާގައި ފަށައިފިއެވެ.

ދެކުނު ކޮރެއާގެ ސޯލް އަދި ބުސާން ސިޓީގައި ކުރިއަށްދާ މިރޯޑް ޝޯވ އަކީ ދިވެހިރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި އެމްއެމްޕީއާރުސީއިން ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ ރޯޑް ޝޯވް އެކެވެ.

މިއީ އެމްއެމްޕީއާރްސީން މި ޝޯވ ބާއްވާ ހަތަރުވަނަ ފަހަރެވެ.

ސިންގަޕޫރު އެއާލައިންއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މި ރޯޑް ޝޯގެ އެންމެ ބޮޑު ބޭނުމަކީ ސައުތު ކޮރެއާގައި މިހާރަށް ވުރެ ބޮޑަށް ރާއްޖެ މާކެޓްކޮށް ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރަތްތައް ސައުތު ކޮރެއާގެ އޮޕަރޭޓަރުންނާއި ބައްދަލުކުރުމެވެ.