އީދު ދުވަހު ހަވީރު ހުޅުމާލޭގައި ވެސް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުގެ އަޟްޙާ އީދު ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ހުޅުމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެ ގަޑިތަކުގައި ހަމައެކަނި ދުއްވޭނީ ހުއްދަ ދޫކުރެވިފައިވާ ވެހިކަލް ތަކަށް ކަމަށާއި އެއީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގައުމު އުޅަނދާއި އެމްބިއުލެންސް އާއި ފުރާ މީހުން ބޭނުންކުރުމަށް ހުއްދަ ދެވޭ އުޅަނދާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް އަދި އެދުވަހުގެ އެވަގުތު ތަކުގައި ދުއްވުމުގެ ހުއްދަ ދެވޭ އުޅަނޑުތައް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ދެއެވެ.

ޓްރާސްޕޯޓް އެތޯރިޓީން ބުނީ، މިއެންގުމާއި ހިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެެވެ.

އީދު ދުވަހު ހަވީރު ހުޅުމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި ވާއިރު، ހަމަ އެދުވަހު އެވަގުތުގައި މާލެ އަދި ވިލިމާލޭގައި ވެސް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.