ފްލައިމީ އިން މިފަހަރުގެ އަޟްހާ އީދު ފާހަގަކުރަނީ ތަފާތު ގޮތަކަށް ކަމަށް ވިލާ އެއަރ އިން ބުނެފިއެވެ.

ވިލާ އެއަރ އިން ބުނީ އަޟުހާ އީދުގައި ފްލައިމީ އިން ދަތުރުކުރާ ފަރާތްތަކަށް އީދު ދުވަހުގެ އުފާ އިހުސާސް ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފްލައިމީގެ ކްރޫއިން ދަތުރުވެރިންނަށް މަރުހަބާ ކިޔައި ޚިދުމަތް ފޯރުކޮށްދެނީ ގައުމީ ހެދުމުގައި ތިބެގެންނެވެ. އަދި އީދު ހަދިޔާއެއްގެ ގޮތުގައި ކޮންމެ ދަތުރުވެރިއަކަށްވެސް ކުކީއެއް ފްލައިމީ އިން ދަނީ ހަދިޔާ ކުރަމުންނެވެ.

ވިލާ އެއަރ އިން ބުނީ ފްލައިމީގެ ފްލައިޓްތަކުގައި މިގޮތަށް އީދު ފާހަގަކުރުމުގެ މަގުސަދަކީ އެއިން ދަތުރުކުރާ ފަރާތްތަކާ، ޚާއްސަ ގޮތެއްގައި ފަތުރުވެރިންނަށް ދުވަހުގެ މުހިންމުކަން އަންގައިދީ، ރާއްޖޭގެ ސަގާފަތް ދައްކާލުން ކަމަށެވެ.