ޔޫކްރެއިންގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

1 ދުވަހުގެ މުއްދަތަށް ޔޫކްރޭންގެ ރިސޯޓެއްގައި މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ "ތާރޑް އެނުއަލް މޯލްޑިވްސް ޑޭ" ގެ ނަމުގައެވެ.

ރިސޯޓް ލައިފް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވެސް ވަނީ ބައިވެރިވެފައެވެ.