ދުނިޔޭގެ ބާސްކެޓްބޯޅައިގެ ގަަދަބާރު ކަމަށްވާ އެމެރިކާގެ އެންމެ ޝަރަފްވެރި ބާސްކެޓްބޯޅަ ލީގު ކަމަށްވާ އެންބީއޭގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ އެސިސްޓަންޓް ކޯޗު ފިލް ހޭންޑީ ރާއްޖޭގެ ކުޅުންތެރިންނަށް ތަމްރީނުދިނުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.

ރާްޖޭގެ ގައުމީ ބާސްކެޓް ޓީމުގައި ހިމެނޭ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުންތެރިންނާއެކު ހޭންޑީ ވަނީ ދެ ދުވަހުގެ ތަމްރީނުތައް ދީފައެވެ. މި ތަމްރީނުތަކުގެ ތެރޭގައި ބާސްކެޓާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ވަނީ ކިޔައިދީފައެވެ. އަދި ކޯޗުންނަށް ސެމިނާއެއް ހިންގުމުގެ އިތުރުން ކުޅުންތެރިންނަށް ޓެކްޓިކަލް ތަމްތީން ސެޝަންތަކެއް ވަނީ ނަގާފައެވެ.