ރާއްޖޭގެ ފުޓުބޯޅައިގެ ގަދަބާރެއް ކަމަށްވާ އދ. މަހިބަދޫގެ ކައުންސިލުން އިންތިޒާމުކޮށްގެން ހާއްސަ ވެޓަރަންސް ފުޓުބޯޅަ މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތަކީ 35 އަހަރުންމަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި 4 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއީ 35 އަހަރުންމަތީގެ ވެޓަރަންސް ކުޅުންތެރިންނަށް ހާއްސަކޮށްގެން މަހިބަދޫގައި ބާއްވާ ފުރަތަމަ މުބާރާތެވެ.

މަހިބަދޫ ކައުންސިލުން ބާއްވާ މި މުބާރާތް ހުޅުވައިދިނީ އެ ރަށަށް ނިސްބަތްވާ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި އެއްވަނަ ކީޕަރު އިމްރާން މުހައްމަދެވެ.