އިންޑިއާގެ ކަރުނާޓަކާ އަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުން ރައްކާތެރިކަން ހޯދަން ބެލްގާ އަވަށުގެ ގެއެއްގެ ފުރާޅުމައްޗަށް 10 ފޫޓުގެ ބޮޑު ކިނބުލެއް އަރައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި 10 ފޫޓުގެ އެ ބޮޑު ކިނބޫ ގެއެއްގެ ފުރާޅެއްގެ މައްޗަށް އަރައިއޮއްވައި ފެނުނީ މިއަދުގެ ވަގުތެއްގައެވެ. އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި ބެލްގާވީގެ ކްރިޝްނާ ކޯރު ފުރި ބަންޑުންވުމާއި ގުޅިގެން އެ އަވަށުގައި ފެންބޮޑުވެ ގޭގޭގެ ފުރާޅާއި ހަމައަށް ވަނީ ފެންގަނޑު އުފުލިފައެވެ.

ނޫސްތަކުން ބުނާގޮތުގައި ގިނަ އަދަދެއްގެ ކިނބުލާއި، ހަރުފަ އަދި ދިރޭތަކެތި އުޅޭ އެސަރަހައްދުގައި އެ ބޮޑު ކިނބޫވެސް އެ ފުރާޅު މައްޗަށް އަރައި އޮތީ ރައްކާތެރިކަން ހޯދުމަށް ކަމަށްބެލެއެވެ. ސަބަބަކީ ވިއްސާރައިގައި ބަންޑުންވެ ކޯރިތައް ބަނޑުންވެފައިވާއިރު އެތަނުގައި އޮއިވެސް ބާރުކަމުން އެސޮރުމެންނަށްވެސް ރައްކާތެރިކަން ހޯދަން މަޖުބޫރުވުމުން ކަމަށް ބެލެވޭ ކަމަށެވެ.