ހިންމަފުށި އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައި އަނބުރާ ޖަލަށް ވައްދައިފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ، ހިންމަފުށި އައްސޭރި ޖަލުގައި ހުރި ގައިދީއަކު، ރޭ 22:08 ހާއިރު ޖަލުން ފިލިކަމުގެ ރިޕޯޓް ހިންމަފުށީ ޕޮލިސް ސްޓޭޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ކުރި މަސައްކަތުން ރޭ 22:13 ހާއިރު ހިންމަފުށީ ޖަލަށް އަނބުރާ ގެންގޮސްފައިވާކަމަށެވެ.

ރޭ ޖަލުން ފިލި ގައިދީއަކު ހޯދާފައި ވާއިރު، ހުސްވި ޖުލައި މަހުގެ ތެރޭގައި މާފުށީ ޖަލުން ގައިދީއަކު ފިލި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.