ފަތުރުވެރި ދެމަފިރިޔަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްޑީއެފްއިން ބުނީ އއ. މޫފިށި ކައިރިއަށް ސްނޯކްލިންއަށް ފައިބައިގެން އުޅުނު ދެމަފިރިންގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ސިފައިން ހަރަކާތްރެތިވަމުންދާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެންއެންޑީއެފްގެ ކޯސްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ލިބިފައިވަނީ މިއަދު 11:19 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލިގެން ހޯދަމުންދަނީ ކޮން ގައުމެއްގެ ދެމަފިރިންނެއް ކަމެއް އެމްއެންޑީއެފުން ހިއްސާއެއް ނުކުރެއެވެ.

ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ކަނޑުމަތީގައި ތަފާތު ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އެގޮތުން ޅ. ދިއްފުށިމާދޫ ކައިރިން ސަފާރީ ޔޮޓެއްވެސް މިއަދު ވަނީ ފަރަށް އަރައިފައެވެ.