ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރ އާޒިމް މިހެން ވިދާޅުވީ، އޭނާ ކުރެއްވި ޓުވީޓުތަކެއްގައެވެ.

އެގޮތުން ދައުލަތުން ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ވިދާޅުވެ، އާޒިމް ވަނީ އެބޭފުޅާގެ އެ ދައްކަވަނީ، ހައްގު ބަދަލު ހޯދަން އުޅޭ ފަރާތްތަކުން ވާހަކަ ނޫންކަމަށެވެ. ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީއޮތް ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ލީޑަރ ކުރެއްވި އެ ޓްވީޓުގައި އެވާހަކައިގެ ތަފުސީލަކަށް ގޮސްފައެއް ނުވެއެވެ.