ސްނޯކްލިން އަށް ދިއަފަހުން ހަބަރެއް ނުވެގެން ހޯދު ދެ ފަތުރުވެރިން އެނބުރި ރިސޯޓަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ އއ. ގައި އޮންނަ "ކޮންސްޓެންޓް މޫފުށި" ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ފައިބައިގެން އުޅުނު ދެމަފިރިން އެނބުރި އެ ރިސޯޓަށް ގޮސްފައިވާކަން ރިސޯޓްގެ މެނޭޖުމަންޓުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެމީހުންނަކީ ރަޖުމަންގެ ދެ ފަތުރުވެރިންކަމަށް ވަނީ ބުނެފައެވެ.

އެމީހުން ސްނޯކްލިންއަށް ދިއަފަހުން ޚަބަރެއް ނުވެގެން ރިޕޯޓް ކުރުމުން އެމްއެންޑީއެފްގެ މާލޭ އޭރިއާ ސިފައިން ވަނީ އެމީހުން ހޯދުމުގައި ހަރަކާތްތެރިވެފައެވެ.

ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރަ ކުރަމުންދާތީ، ދަތުރުކުރުމުގަ އާއި އަދި ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެމްޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.