ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ނައިފަރުގެ ބޮޑުބައެއްގައި ވަނީ ފެން ބޮޑުވެފައެވެ.

ވީނިއުސްއަށް މައުލޫމާތުދެއްވަމުން ނައިފަރު ކައުންސިލްގް ރައީސް މުހައްމަދު ކާރިމް ވިދާޅުވީ ނައިފަރަށް ރޭގެ ވަގުތެއްގައި ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ. އެހެންނަމަވެސް މެދުކެނޑުމަކަށްފަހު ފަތިސް ނަމާދު ވަގުތުން ފެށިގެން އަނެއްކާވެސް ވާރޭ ވެހެން ފެށީ ކަމަށް ކާރިމް ވިދާޅުވިއެވެ.