ދެކުނު ފަސް ރަށަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެރަށް ރަށަށް ޖަނަރޭޓަރު ސެޓްތައް ފޮނުވައިފި އެވެ.

ފެނަކައިން ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ގއ.ވިލިނގިއްޔާއި، ގދ.ތިނަދުއާއި، ލ.ފޮނަދުއާއި، އެއަތޮޅު ގަމުގެ އިތުރުން ތ.ގުރައިދުއަށެވެ. މީގެތެރެއިން ވިލިނގިއްޔާއި، ތިނަދުއާއި ފޮނަދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 1 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެވެ. އަދި ލ.ގަމާއި ތ.ގުރައިދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 800 ކިލޯވޮޓްގެ ޖަަނަރޭޓަރު ސެޓެވެ.

ފެނަކައިން ބުނީ އެ ރަށްރަށް އައު ޖަނަރޭޓަރ ސެޓްތައް ފޮނުވީ މިހާރު ދިމާވަމުން އަންނަ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ކަރަންޓުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ ޕްލޭންކުރެވިގެން ރަށްރަށުގެ ކަރަންޓުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަކަށް އެ ކުންފުނިން ބުންޏެވެ. އަދ އާ ޖަަރޭޓަރުތައް ފޮނުވަނީ އާބާދީ އިތުރުވަމުން އަންނަ، އަދި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ރަށްތައް ބަލައިގެންކަމަށެވެ. އެގޮތުން މި 5 ރަށަށް އިންޖީނުތައް ގެންދެވުމާއެކު ވީހާވެސް އަވަހަށް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާނެކަމަށް ފެނަކައިން ބުނެއެވެ.