ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ،

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށާއި މިދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

އަދި މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން 4 ދުވަހު ލަންކާގައި މަޑުކުރައްވާނެ ކަމަށެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަންނަވާނީ ހޮނިރުދުވަހުގެ ވަގުތެއްގައި ކަމަށް އެނގިފައިވެއެވެ.

އެންމެފަހުން ރައީސްގެ ދެކަނބަލުން ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވީ އިންޑިއާކަނޑުގެ ޖަޒީރާ ޤައުމެއް ކަމުގައިވާ ސީޝެލްސްއަށެވެ.