ޓްރީ ޓޮޕް ހޮސްޕިޓަލަށް އެމަރޖަންސީގައި ޑޮކްޓަރަށް ދައްކާ އަގު ހެޔޮކޮށްފިއެވެ.

ޓްރީޓޮޕުން ބުނީ އެމަރޖަންސީ ޙިދުމަތުން ޑޮކްޓަރަށް ދެއްކުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، މި ބަދަލުތައް 13 އޯގަސްޓުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މިބަދަލާއެކު 24 ގަޑިއިރު މެދުކެނޑުމެއްނެތި އެމަރޖަންސީގެ ޙިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ލިބެމުންދާނެ ކަމަށެވެ.

މީގެއިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ކަނޑައެޅިފައިވާ ސްޕެޝަލިސްޓުން އޯޕީޑީގެ ޙިދުމަތްދޭ ގަޑި ވެސް އިތުރުކޮށްފައެވެ. އެގޮތުން ރޭގަނޑު 22:30ގެ ނިޔަލަށް އޯޕީޑީގެ ޚިދުމަތް މިހާރު އެ ހޮސްޕިޓަލުން ލިބޭނެ ކަމަށްވެސް ޓްރީޓޮޕުން މައުލޫމާތުދެއެވެ.

ހުޅުމާލޭގައި 2017 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އނަްނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތައް ފަސޭހަކޮށް އަތްފޯރާ ފަށަށް ގެނައުމަށް އެހޮސްޕިޓަލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓްރީޓޮޕުން ވަނީ އެހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް މާލެއިން ހުޅުމާލެއަށްދާ ބަލިމީހުންގެ ދަތުރު ހިލޭ ކޮށްދޭން ފަށާފައެވެ. އެގޮތުން ބަލިމީހާ އާއި އެހީތެރިއަކަށް ގެސްޓް ޓްރާންސްފާގެ ޚިދުމަތް ޓްރީޓޮޕުން ހަމަޖައިސައިދެއވެ.

އެ ހޮސްޕިޓަލުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ދޭ މި ހިދުމަތަށް އެއްވެސް ފީ އެއް ނުނަގަ އެވެ.