އެކި ކަންކަމުގައި ދައުލަތުން ބަދަލު ދޭންޖެހޭ ޖެހުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ފާޅުކުރައްވައިފި އެވެ.

އެގޮތުން ދައުލަތް މެދުވެރިކޮށް ނުހައްގު ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ވިދާޅުވެފަ އެވެ. އާޒިމް އެގޮތަށް ވިދާޅުވެ ޓްވީޓު ކުރައްވާފައިވާއިރު އާޒިމް ވަނީ އެބޭފުޅާގެ އެ ދައްކަވަނީ، ހައްގު ބަދަލު ހޯދަން އުޅޭ ފަރާތްތަކުން ވާހަކަ ނޫންކަމަށް ވިދާޅުވެފަ އެވެ. މެޖޯރިޓީ ލީޑަރުގެ އެ ޓްވީޓަށް ތާޢީދު ކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ވަނީ، މެޖޯރިޓީ ލީޑަރަށަ އެކަމުގައި ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުގައި ދަށްއަޅައި ކާން ދޫކޮށްލެވެން ނެތް ކަމަށާއި، ދައުލަތުގެ ހައްގުގައި ރައްޔިތުންނަށްޓަކައި ބަސްބުނެ ހައްގު ހިފަހައްޓަންޖެހޭ ކަމަށްވެސް މެންބަރު ހުސައިން ޝަހީމް ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ.