ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދިޔަ ދިވެހި ހައްޖުވެރިޔާ ނިޔާވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ފ. ދަރަނބޫދޫ މީހެއް ކަމަށްވާ ސީމާ މޫސާ، (38 އ) އަށް ސްޓްރޯކެއް ޖެހިގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން "މިނާ އަލްވާދީ" ހޮސްޕިޓަލުގައި އައީ ފަރުވާ ދެމުންނެވެ.

ސީމާ ނިޔާވީ ކޯމާގައި އޮއްވައި އިރުއޮއްްސުނު ވަގުތު ކަމަށް މައުލޫމާތު ލިބެއެވެ.

ފިރިމީހައާއެކުގަ ހައްޖަށް ގޮސް ހުއްޓައި ސީމާ އަށް ސްޓްރޯކް ޖެހުނީ މިނާ ޓެންޓްގައި ހުއްޓައެވެ. އޭނާ ފާޚާނާގައި ހުއްޓައި އަނބުރައިގަނެގެން ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެއެވެ.