ސައިމަން ކޯވެލްއަކީ އެންމެންވެސް ދަންނަ މަޝްހޫރު މޫނެކެވެ. ގިނަ ބަޔަކު އިހުތިރާމް ކުރާ މީހެކެވެ. ނަމަވެސް، "އެމެރިކާސް ގޮޓް ޓެލެންޓް" ފަދަ މަޝްހޫރު އެތައް ޓީވީ ޝޯވްތަކެއްގައި ފަނޑިޔާރުކަން ކުރާ ސައިމަންގެ ސިފަ މުޅީން ބަދަލުވެއްޖެއެވެ. އޭނާގެ ހަށިގަނޑަށް ދާދިފަހުން ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މިކަމުގެ ސަބަބު، ނުވަތަ ސިއްރު، ހޯދާން އެތައް ބަޔަކު ސުވާލު އުފައްދާން ފަށައިފިއެވެ.

މި ބޮޑު ބަދަލުގެ ސަބަބަކީ ވަރަށްވެސް "އާދައިގެ" ކަމެކޭ ދެންނެވިދާނެއެވެ. އޭނާ ކެއުމާއި ދުރުވީއެއް ނޫނެވެ. އަދި، ދުވުމާއި އެހެނިހެން ކަސްރަތުތައް އިތުރު ކުރީއެއްވެސް ނޫނެވެ.

އޭނާގެ ކެއުމަށް ކުޑަ ބަދަލެއް ގެނައީއެވެ. އޭނާއަކީ މިހާރު "ވީގަން" އެކެވެ. މާނައަކީ، އޭނާ ކެއުމުގައި އެއްވެސް މިންވަރަކަށް އެއްގަމު މަހުގެ ބާވަތްތައް ބޭނުން ކުރުން ހުއްޓައިލީއެވެ.