ޅ. ކުރެންދޫ އަކީ ވެސް ހުނަރުވެރި މޮޅެ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އެކި ދާއިރާތަކާއި އެކި ފަންނުތަކުގެ ހުނަރުވެރިން ގިނަ މި ރަށުގައި އެންމެ ފާހަގަކޮށްލެވޭ އެކަކަކީ މުހައްމަދު ވަހީދެވެ. ޅ ކުރެންދޫ ގޯލްޑަން ޕާލް މުހައްމަދު ވަހީދަކީ އޭނާގެ މޮޅު ކުރެހުންތަކުން އެންމެން އާޝޯހުކުރަމުންދާ ކުޅަދާނަ ކުރެހުންތެރިއެކެވެ.

ހުނަރާއި ޝައުގުން ފުރިފައިވާ ވަހީދަކީ ކޮންމެ ކަހަލަ ކުރެހުމެއްވެސް ކުރެހޭނެ ފެންވަރު ހުރި މޮޅު މީހެކެވެ. އެކަމަކު އޭނަ ހާއްސަވެފައިވަނީ ރިތި މަންޒަރުތައް ދައްކުވައިދޭ "ސީނަރީ އާޓް" ގެ ދައިރާއިންނެވެ.