މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އިންތިޒާމުކޮށްގެން އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އެންޑް ސަވައިލެންސް މޯލްޑިވްސް (އޭއެމްއާރް)ގެ ނަމުގައި ވޯކްޝޮޕެއް ފަށައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން އިންތިޒާމުކޮށްގެން ހިންގާ މި ވޯކްޝޮޕަކީ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ އެހީތެރިކަމާ އެކު ފެށި ވޯކްޝޮޕެކެވެ.

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފް އާއި ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރް އަދި ލަންޑަން ސްކޫލް އޮފް ހައިޖީން އެސޯސިއޭޓް ޕްރޮފެސަރު ޑރ. ރިޗާޑް ސްޓެބްލާ އަދި ޑިރެކްޓަރ އޮފް އޭއެމްއާރް ސެންޓަރ ރެބެކާ ގްލޯވާ ބައިބެރިވެވަޑައިގެންނެވި އެވެ.