ކްރިސް ބެރިންގްޓަން އަކީ އުމުރުން 30 އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ މީހެކެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގެ ރަށެއް ކަމަށްވާ ގޭޓްސްވިލްއަށް ނިސްބަތްވާ ބެރިންގްޓަންއަކީ ވަރަށް ހިތާމަވެރި ދިރިއުޅުމެއް ކަޑައްތުކުރަމުންދާ މީހެކެވެ. އޭނާގެ ދިރުޅުމުގައި އެންމެ ފަހުން ކުރިމަތިވި މުސީބާތަކީ ބަލި އެނދުގައި އޮތް އޭނާގެ ބައްޕަ މަރުވުމެވެ. އޭނާގެ ބައްޕަ މަރުވީ ލޭގެ ކެންސަރު ބަލީގަ އެވެ.

އެއާއިއެކު އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނެވެ. އަދި ހަދާނެ ގޮތެއް ނެތި އޭނާ މަގުމައްޗަށް ނިކުތެވެ. މީގެ ދެ މަހެއްހާ ދުވަސް ކުރީން ފުލުހުންނަށް ބެރިންގްޓަން ފެނުނީ މަގުމަތީންނެވެ. އޭނާގެ ހާލު ވަރަށް "ސީރިއަސް" އެވެ. އެއްވެސް މީހެއް އަދި އެއްވެސް ކަމެއްވެސް ހަނދާނެއް ނެތެވެ. ކުޑަ މިނުން އާއިލާގެ ގާތްތިމާގެ މީހެއް ނުވަތަ ރައްޓެއްސެއްގެ ނަމެއްވެސް ހަނދާނެއް ނެތެވެ.

ނަމަވެސް ވަރަށް ގިނަ އިރު ފުލުހުން ސުވާލު ކުރުމުން އޭނާގެ ހަނދާނަށް އެއް ނަމެއް އައެވެ. އެއީ މީގެ 20 ވަރަކަށް އަހަރު ކުރިން އޭނާއަށް ކިޔަވައިދިން މުދައްރިސެއްގެ ނަމެވެ. މިޝެލް ޖިރާޑްއަށް ފުލުހުން ގުޅީ އެހިސާބުންނެވެ. ބެރިންގްޓަންއަށް ކުރިމަތިވި ކަންތައްތަކުގެ މައުލޫމާތު ޖިރާޑްއަށް ކިޔައިދިނުމުން ބެރިންގްޓަންއަށް އެހީތެރިވެދޭން އޭނާ ނިންމި އެވެ.

ސަބަބަކީ ބެރިންގްޓަން އަށް އެހީތެރިކަން ފޯރުކޮށްދޭނެ އިތުރު ފަރާތެއް ނެތުމެވެ. އަދި އޭނާއަށް އެހީތެރިކަން ފޯރުކޮށް ނުދީފިނަމަ އޭނާ ދެން ގެންދާނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަކަށް ކަމަށް ވާތީ އެވެ. އެހެންކަމުން ޖިރާޑް، ބެރިންގްޓަން އޭނާގެ ގެއަށް ގެންދިޔަ އެވެ. އަދި އޭނާއާއި ބެހޭ މައުލޫމާތު ހޯދާން ފެށި އެވެ. ބެރިންގްޓަންއާއި ސުވާލުކޮށްގެންނެވެ. އޭނާއާއި ވާހަކަ ދައްކައިގެންނެވެ.