ނ. ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި އެވެ.

ހޮޅުދޫގައި މި ފިޓްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ އެ ރަށަށް ކުޅިވަރުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ މޫސާ އިބްރާހީމް އެވެ. ހޮޅުދޫ ރައްޔިތުންނަށް އެ ރަށުގައި ފިޓްނަސް ސެންޓަރެއް ހުޅުވިއިރު، މިއީ ނ. އަތޮޅުގައިވެސް އަމިއްލަ ފަރާތަކުން އިސްނަގައިގެން ފިޓްނަސް ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ.

ވީސްޕޯޓްސްއަށް މައުލޫމާތު ދެމުން މޫސާ ބުނީ މި ސެންޓަރަކީ ހޮޅުދޫގެ މުޖުތަމައަށް އެތަށް ގޮތަކުން ފައިދާކުރާނެ ސެންޓަރެއް ކަމަށާއި، މިއީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި މި ސެންޓަރުގެ ޚިދުމަތްތައް ރާވާލާފައިވާނީ އަގުހެޔޮކޮށް ރައްޔިތުންނަށް ޚިދުމަތް ލިބޭ ގޮތަކަށް ކަމަށްވެސް ބުންޏެވެ.