އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ އަންހެން މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ދިވެހި ކުޅިވަރު ސަރަހައްދީ ބޮޑު ބާރަކަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްއީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ބިޑު ކުރީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ނޭޕާލްގައި ކުރިޔަށްދާ އޭޝިއަން ސެންޓަރަލް ޒޯނުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވެ.