އާ ސަރުކާރަށް ނުވަ މަސްދުވަސްވެފައިވާއިރު މިނިސްޓަ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހުލޫފްވެފައި ވަނީ ރާއްޖޭގައި ކުޅިވަރުގެ ވަޒީރުކަން ކުރި ފަރާތްތަކުގެ ތެރެއިން ޒުވާނުންނާއި ކުޅިވަރުގެ އާއިލާގެ ލޯތްބާއި ރުހުން އެއްމެ ބޮޑަށް ހޯދި ކުޅިވަރު ވަޒީރަށްވެފައެވެ.

ސަރުކާރަށް ނުވަ މަސްދުވަސްވެފައިވާއިރު ވަޒީރުގެ މަސައްކަތަކަށް އަދި ވެފައި ވަނީ ހަމަސް ދުވަހެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގެވުމުން ސަސްޕެންޑްކުރުމަށް ފަހު އެސީސީ އިން އެ މައްސަލާގައި މަހުލޫފްގެ ކުށެއް ނެތް ކަމަށް ނިންމުމާއި އެކު ޔޫތު މިނިސްޓަރުގެ މަސްއޫލިއްޔަތު އަލުން ހަވާލުވެ، މަހުލޫފް ދަނީ ބާރު ސްޕީޑްގައި ރާއްޖޭގެ ކުޅިވަރު ދުނިޔޭގެ ފެންވަރަށް ނެގުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލިބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުގެ ވީޓީވީގެ ލައިވް ކަވަރޭޖަށް ވަޑައިގެން ދެ އެނަލިސްޓުނާއި އެކު ދެ ގަޑިއިރު ތުރުކުމަނިސްތާން އަތުން ރާއްޖެ ބަލިވި މެޗުގައި ވަޒީރުބައިވެރިވުން ވެގެންދިޔައީ އެތައްބަޔެއްގެ ލޯބި ވަޒީރަށް އޮހިގެންދިޔަ ކަމަކަށެވެ.