ބައިސްކޯފު އެޕް އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ދިރާގާއި ބައިސްކޯފާ ގުޅިގެން ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ރޯޑް ޝޯއެއް ބާއްވައިފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރ މުހައްމަދު ފާރިހު ވިދާޅުވީ، ބައިސްކޯފު އެޕް އިތުރަށް ޕްރޮމޯޓް ކުރުމުގެ ގޮތުން ބައިސްކޯފާ ދިރާގާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރޯޑް ޝޯތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ރޯޑްޝޯތަކުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުޅުދުއްފުށި ކަމަށް ފާރިހު ވިދާޅުވިއެވެ.

ފާރިހު ވިދާޅުވީ ކުޅުދުއްފުުށީގައި ކުރިއަށްދިޔަ ފޯރިގަދަ ރޯޑްޝޯގައި ބައިސްކޯފްގެ އެންމެ މަޝްހޫރު އޮރިޖިނަލް ދިވެހި ވެބް ސީރިޒް ކަމަށްވާ "ހުވާ" ގެ ތަރިންނާއި އެ ސީރީޒްގެ ޑައިރެކްޓަރ ނަހުލާވެސް ބައިވެރިވެފައިވާ ކަމަށެވެ.

މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާންވެސް މި ހަވީރުގައި ބައިވެރިވެފައިވާ ކަމަށާއި، އަދިވެސް މަޝްހޫރު އެތައް ފަންނާނުންނެއް މި ހަވީރުގައި ބައިވެރިވެފައިވާ ކަމުގައި ފާރިހު ވިދާޅުވިއެވެ.