ޖުމްހޫރީ ޕާޓީގެ ފަރާތުން ސަރުކާރަށް ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބެމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސްއޮފީހުގެ ތަރުޖަމާނު އިބްރަހިމް ހޫދު ވިދާޅުވީ ނިމިދިޔަ ސަރުކާރަށް ތާއީދުކުރި ބޭފުޅުންތަކެއް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ނަމަވެސް ސަރުކާރު ހިންގުމަށް ޖޭޕީގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ވެސް ލިބެމުންދާ ކަމަށެވެ. އެގޮތުން ޖޭޕީގެ ސްލޮޓް ތަކުގައި ސަރުކާރުގެ ވުޒާރާތަކުގައި ތިބި މިނިސްޓަރުންގެ ފަރާތުން ވެސް ސަރުކާރު ހިންގުމަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަން ހޫދު ވަނީ ފާހަގަކުރައްވާފަ އެވެ.