އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންއާ ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އިޓަލީގެ އިންޓަ މިލާނާ ގުޅިއްޖެއެވެ.

އުމުރުން 30 އަހަރުގެ ސަންޗޭޒް އިންޓަ މިލާނާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ސަންޗޭޒް މިލާނަށް ދޫކުރުމުގައި ގިނަ އެއްބަސްވުންތަކެއް ހަދާފައިވާއިރު، ސަންޗޭޒް އަށް ހަފްތާއެއްގެ މައްޗައް ދޭންޖެހޭ 400،000 ޕައުންޑުގެ ތެރެއިން 300،000 ޕައުންޑު ދައްކާނީ ޔުނައިޓެޑުންނެވެ.

މީގެކުރިން އާސެނަލްއަށް ވެސް ކުޅެފައިވާ ސަންޗޭޒް 2018 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި ފަހުން އޭނަގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައި ނުވާއިރު، މިދިޔަ ދޮޅު އަހަރުތެރޭ އޭނާ ގިނައިން ހުރީ އަނިޔާގައެވެ. އަދި ސަންޗޭސް ޔުނައިޓެޑުގައި ހޭދަކުރި ދުވަސްކޮޅުގައި އޭނާއަށް ކާމިޔާބު ކުރެވިފައި ވަނީ ޖުމްލަ ފަސް ގޯލެވެ.

ޔުނައިޓެޑުން ލޯނުގެ ދަށުން އިންޓައަށް ސަންޗޭޒް ދޫކޮށްލި ނަމަވެސް، ޔުނައިޓެޑުގެ ފޯވަޑް ލައިނުގައި ގިނަ ކުޅުންތެރިން ހިމެނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޔުނައިޓެޑް ތަވާލްގެ ހަތްވަނަ މަގާމްގައި އޮތްއިރު، ސަންޗޭޒް ބަދަލުވި އިންޓަލީގެ އިންޓަ މިލާން އޮތީ އިޓަލީ ލީގުގެ ދެވަނަ މަގާމްގައި ކުޅުނު އެއް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.