ކުރެންދޫ ދައިރާގެ މަޖިލިސް މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމްގެ ހެޔޮ އެދުންތަކާއެކު، އެރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ހަތަރު ވަނަ "ކުރެންދޫ ކަޕް" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ހަފްޝީ ސްޕޯޓްސް ކުލަބް ޖާގައެއް ހޯދައިފި އެވެ.

ހަފްޝީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދީ ކޮލިފިކޭޝަން ބުރުގައި މިއަދު ހަވީރު ޒިފިޔަސް ޔޫތު ޒެސްޓުއާ ވާދަކޮށް ފަސޭހަ ކަމާއެކު 5-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ. މިމުބާރާތުގެ ކޮލިފިކޭޝަން ބުރުގައި ހަފްޝީއާއެކު ޖުމްލަ ތިން ޓީމް ވާދަ ކުރާއިރު، އިއްޔެ ކުއެނާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން ވެސް ހަފްޝީ މޮޅިވީ 2-1 ލަނޑުންނެވެ.