ޓީވީ ޕްރޮޑިއުސަރު އަދި ޑިރެކްޓަރު އިލްޔާސް ވަހީދުގެ ފުރަމަ ފީޗަރ ފިލްމު "ބަވަތި" ރޭ އޮލިންޕަހުގައި ޕްރިމިއަރކޮށްފިއެވެ.

ފިލްމީ ދާއިރާއިން ބޭރުގައި ހަރަކާތްތެެރިވާ ޕްރޮޑިއުސަރުންގެ ތެރެއިން ޕްރޮޑިއުސަރ (އިއްލި) ގެ ފުރަތަމަ ފިލްމު "ބަވަތި" ހައުސްފުލް ޝޯ އަކާއެކު ރޭ ޕްރިމިއާ ކުރި އިރު މީ ދިވެހި ފިލްމުތަަކަށް ލޯބިކުރާ ގިނަ ބަައެއްގެ އިންތިޒާރެކެވެ.

"ބަވަތި" މި ފިލްމުގައި މުހިންމު ރޯލްތަކުން ފެނިގެންދިއައީ، ތަރިންގެ ތެރޭގައި އަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނިކުތް ފަންނާނެއްކަމަށްވާ އިފްނާޒް ފިރާގެވެ. އިފްނާޒަކީ ވީޓީވީ އަދި ދި ޓީވީގައިވެސް ބައެއް ޝޯތައް ހުށައަޅާދީފައިވާ ޕްރެޒެންޓަރެކެވެ.