ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ލޯގޯ ރޭ ދައްކާލައިފި އެވެ.

ވޯލްޑް ކަޕްގެ ލޯގޯ ދައްކާލީ ގަތަރުގެ ވެރިރަށް ދޯހާގައި ރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިފަހަރުގެ ލޯގޯ ފަރުމާކޮށްފައިވަނީ ގަތަރުގެ ސަގާފަތާއި ގުޅުވައިގެންނެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އޮންނާނީ އެ އަހަރުގެ ނޮބެމްބަރު 21 އިން ޑިސެމްބަރު މަހުގެ 18 އަށެވެ. މިއީ ޖޫން އަދި ޖުލައި ނޫން ހިސާބެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ބަދަލު ގެންނަން ފީފާއިން ނިންމީ ޖޫން ޖުލައިގެ ދުވަސްވަރު ގަތަރުގެ ހޫނުމިން މަތިވާނެތީ އެވެ.