ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ބެންގްކޮކް އަށް ފުރި އެއާއޭޝިޔާގެ މަތިންދާ ބޯޓެއްގައި އަލިފާން ރޯވުމުން، އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

ވީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލައިޓުގައި ރޯވުން މަންޒިލް ބަދަލުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ބެންކޮކަށް ދަތުރުފެށި އެއާއޭޝިއާގެ FD178 ނަންބަރު ފްލައިޓެވެ.

ފްލައިޓު މިހާރުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ރަންވޭގެ މާލެއާ ކައިރިކޮޅުގައި ޕާކުކޮށްފަ އެވެ. އަދި ފްލައިޓުގައި ރޯވި އަލިފާން ވަނީ ނިއްވާލާފަ އެވެ.

ފްލައިޓުން ދަތުރުކުރި މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ފްލައިޓު ނައްޓާލިތަނާހެން އަޑެއްއިވި ފްލައިޓުގެ އިންޖީނުގައި ރޯވި ކަމަށެވެ. އަދި ހަމަ އެވަގުތުން ހުޅުލެއަށް ޖެއްސުމަށް ކެޕްޓަން ބޯޓު އަނބުރާލީ ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި މަތީގައި ފްލައިޓު އޮންނާނީ ގާތްގަނޑަކަށް 20 މިނެޓު ކަމަށެވެ. އަދި ހާދިސާ ހިނގިތާ 10 ވަރަކަށް މިނެޓުތެރޭގައި ފްލައިޓު ހުޅުލޭ ރަންވޭއަށް ޖެއްސިކަމަށެއެވެ. އަދި ފްލައިޓަށް ދަތުރަށް އެރި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.