ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން މަސްތުވާތަކެތި ދީގެން ބަދުއަހުލާގީ އަމަލު ހިންގަން ތިބި 2 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ މިކަން ހިނގާފައި ވަނީ، ރާއްޖޭގެ ދެކުނުގެ ރަށެއްގައި 16އ. އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީގެން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު މިއަދު (ހުކުރު ދުވަހުގެ) މެންދުރު 1:45 ހާއިރު ފުލުހުންނަށް ލިބިފައިވާކަމެށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި 44 އ. ގެ ފިރިހެނަކާއި 33 އ. ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.