ދަރިވަރުންނަށް ދިމާވި ދަތިތަކަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މައާފަށް އެދިއްޖެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ސާފުކުރުމާއި އެހެނިހެންވެސް ކަންކަމަށް މިނިސްޓްރީގެ ލޭންޑްލައިންތަކަށް ގުޅުމުން ފޯނަށް ޖަވާބުނުދޭތީ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މިނިސްޓްރީން މައުލޫމާތުދޭ ލައިންތަކުގެ އެކި ނަންބަރުތަކަށް އެކި ބޭނުންތަކަށް ގުޅައި ފޯނަށް ޖަވާބު ދީފައި ނުވާތީ ދަރިވަރުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.