ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށް ދިވެހި ގައުމީ ޓީމު މާލޭގައި ކުޅޭ މެޗުން މޮޅުވިޔަސް، އަދި މެޗް އެއްވަރުވިޔަސް ދިވެހި ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ މެޗުގެ ކުރިން ހޮޓެލް ޖެންގައި ޓީމާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. އަދި މިރޭގެ މެޗުން މޮޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވަނީ ވިދާޅުވެފައެވެ.