ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ގދ. ތިނަދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މީނާ ވަނީ ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ތަފާތު ގިނަ އެއްޗެހި ލިޔެފައި ކަަމަށެވެ. މިމީހާ މިހާރު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މިމައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާކަަމަށް ފުލުހުން ބުނެފައިވެއެވެ.

ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ދީނަށް ފުރައްސާރަކުރުމުގެ ސަބަބުން ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާވަނީ، ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އިތުރުން، މީހުން އެއްކޮށްގެންވެސް އެކަން ކުރިއަށް ގެންދަން ފަށާފައި ކަމަށް ބުނެފައެވެ.