މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން، މާލޭގެ މަގުތަކުގައި ހަތިޔާރާއެކު އޮޕަރެޝަނެއް ފަށައިފިއެވެ.

މިކަން އެމްއެންޑީއެފުންވަނީ މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް، މިއީ ކޮން އޮޕަރޭޝަނެއް ކަަމެއް އަދި ކޮން ބޭނުމަކު ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންވެސް ވަނީ ބަލާ ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިރޭ ފަށާަފަ އެވެ. އެގޮތުން މާލޭގެ ހަތަރު ތަނަކާއި އައްޑޫގެ ގެއެއް ވަނީ މިހާތަނަށް ބަލައި ފާސްކޮށްފަ އެވެ. އެގޮތުން މީހުން ދިރިއުޅޭ ބައެއް އެޕާޓްމަންޓް ތަކުގެ އިތުރަށް ބައެއް ފިހާރަތައްވެސް ވަނީ ބަލަައި ފާސްކޮށްފަ އެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުނުކުޜާ ކަމަށް ފުލުހުން ބުނެއެވެ.

އޮޕަރޭޝަނާ ބެހޭގޮތުން ފުލުހުން ބުނެފައިވަނީ، މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނަކީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހްގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލައިފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލައިފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މީގެ އިތުރަށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގާ ރެއިޑެއް ވެސްމާލޭގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެ ޑިޕާޓްމެންޓުގެ ފުލުހުން ގާތްގަނޑަކަށް 21:20 ހާއިރު ވަނީ ގ. އެކްސެލް ކިޔާ ގެއަކަށް ވަދެ ބަލައި ފާސްކޮށްފަ އެވެ.