އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ދިވެހިރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިން އުންމީދީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއަށް 535،000 ރުފިޔާ ދޭން ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ގައުމަށް ފަޚުރުވެރި ކާމިޔާބު ހޯދައިދޭ އެތުލީޓުންނަށް މުސާރައިގެ އިތުރުން ވަކި އަދަދަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީމާއަށް 535،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށާއި، ރާއްޖެއަށް ރީތި ނަން ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.